މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދުން

ފުނަދޫ ދައްފަޅުގައި  ޓޫރިސްޓް ހޮޓަލަކާއި އެކު ގުދުރަތީ މުއްސަނދިކަން ބަލައިލާ ހިތްއުފާ ކޮށްލެވޭނެފަދަ އީކޯ ޕާކެއް ތަރައްޤީ ކުރުމަށްޓަކައި  ސާވޭކުރުމާއި އެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                ވީމާ، މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެމްބަރ 2024  ވާ އަންގާރަ ދުވަހުގެ  13:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލްކުރުމަށްފަހު، 24 ނޮވެމްބަރ 2024 ވާ އާދިއްތަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށައެޅުއްވުން އެދެމެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންއެނގޭނެ ލިޔުމެއް ހުށައެޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2024
ހޯދާ