ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންގައި، 50,000 އަކަފޫޓުގެ ބޯޓް ޔާޑެއް ތަރައްޤީކޮށް، 30 އަހަރު ދުވަހުގެ މުއްދަތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް، 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ން 10:55 ށްކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/2,000 ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 22 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ.
ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މާކްސް ދެވޭ ބައިތައް |
މިންވަރު |
ތަފްސީލް |
ފޯމިއުލާ |
އިންވެސްޓްކުރާ މިންވަރު |
25%
|
|
(Benchmark Amount / Submitted Amount) x 25% |
ތަރައްޤީކުރާނެ މިންވަރު |
25% |
|
-Number of vessels x10%
- Types of Facilities x10%
- Maintenance Facilities x5% |
ޙިދުމަތް ދޭން ފެށޭނެ މުއްދަތު |
10% |
|
(Benchmark Period / Submitted Period) x 10% |
ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް |
5% |
|
Precautionary and safety facilities x5% |
މަންފާ ލިބޭނެ ފަރާތްތައް |
5% |
|
Discounts for island vessels and Job opportunities x5% |
އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް |
5%
|
|
(Benchmark Amount / Submitted Amount) x 5% |
އޭރިޔާގެ އަކަފޫޓަކަށް ކަނޑައަޅާ ފެށޭ އަގު |
10% |
|
(Benchmark Amount / Submitted Amount) x 10% |
ކޮންމެ 5 އަހަރަކުން ކުލި ބަދަލުވާނެ މިންވަރު |
5% |
|
(Benchmark Amount / Submitted Amount) x 5% |
ގްރޭސް ޕީރިއަޑް |
5%
|
|
(Benchmark Year / Submitted Year) x 5% |
ތަޖުރިބާ |
5%
|
|
(Submitted years of experience / Benchmark years x 5%) |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.