ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ މަޢުލޫމާތު ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާއި ގުޅޭ

އިޢުލާން

ބިދޭސީންގެ މަޢުލޫމާތު ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާއި ގުޅޭ

ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"  އާއި އެއްގޮތްވާގޮތުގެ މަތިން ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'އޮޕަރޭޝަން ކުރަނގި'  ގެ ދަށުން ތ. ތިމަރަފުށީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. މި ދަފްތަރުގެ މަޢުލޫމާތާއިއެކު ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.

މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުން 2024 ނޮވެމްބަރ 14 އިން 28 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް މިކައުންސިލް އިދާރާގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. ވީމާ މިރަށުގައި ބިދޭސީން ގެންގުޅޭ ހުރިހާ ފަރާތްތަކުން  މަތީގައި ދެންނެވިފައިވާ ގަޑިއަށް ބިދޭސީން، ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މައުލޫމާތު ހިމެނޭ ލިޔުމަކާއި އެކު މިއިދާރާއަށް ފޮނުވައި ދެއްވުންއެދެމެވެ. އަދި އަދާހަމަކުރަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތުވެސް ހިމެނޭތީ މިފަދަ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ހާޒިރުވުމަށް ދަންނަވަމެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި މިރަށުގައި މަސައްކަތްކުރަމުންދާ، ސަރުކާރު އިދާރާތަކާއި، ކުންފުނިތަކާއި، ފަރުދުންގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ ބިދޭސީންނާއި އެމީހުންގެ އާއިލާތަށް ބަލަހައްޓާ ހުރިހާ ފަރާތްތަކުން މި އިދާރާގައި ދަފުތަރުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.

މަތީގައި ދެންނެވިފައިވާ މުއްދަތުގައި މައުލޫމާތު ހުށަނާޅާ ފަރާތްތަކާއި، ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާއި ޚިއްސާކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ނޮވެންބަރު 2024
ހޯދާ