| 
 އިޢުލާން 
 | 
| 
 ތާރީޚް:  
 | 
 12ނޮވެމްބަރ 2024 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2024/53 
 | 
| 
 10ޖުމާދަލްއޫލާ 1446 
 | 
 އިޢުލާނުގެ ވަނަ: 
 | 
 01 
 | 
| 
 ފޮނަދޫ ވޮލީ ކޯޓް ބޯޅަގެ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން 
 | 
| 
 ލ. ފޮނަދޫ ވޮލީކޯޓް ބޯޅަގެ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 17 ނޮވެމްބަރު 2024 (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
 
-          ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/oNURR487seKNHAZT9 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
 
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރު 2024 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރު 2024 (ބުރާސްފަތި) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.
 
 
 | 
| 
   
  
  
  
 | 
   
  
  
  
  
 | 
| 
   
 | 
| 
   
 |