ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން:
|
ހެޑް އޮފް ފޮރިން ރިލޭޝަންސް
|
ރޭންކް:
|
EX5/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު:
|
1
|
ތަޢްލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 4 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 12 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 5 ރޭންކް، ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
- މަޤާމަށް މީހަކު ހޮވުމުގައި މަޖިލީހުގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާގެ އިތުރުން އިނގިރޭސި އަދި ދިވެހި ސްޕީޗު ތައްޔާރުކުރުމާއި ސްޕީޗް ދިނުމުގެ ހުނަރުވެރިކަމަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އެންމެހާ ކަންކަން ރާވައި ހިންގުން
|
އުޖޫރަ:
|
މަހަކު -/25,000 ރުފިޔާ
|
އެލަވަންސް/ އިނާޔަތްތައް:
|
- ލިވިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3500 ރުފިޔާ
- ޕާލަމެންޓަރީ ސަރވިސް އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
|
ފޯމް ފޮނުވަންވީ ތާރީޚު: 01 ޖުލައި 2015 އިން 5 ޖުލައި 2015 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14.00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.
ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
ނޯޓް: ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ފޮނުވާ ފަރާތްތަކުގެ ތެރެއިން އެމަޤާމަކަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ފޯމު ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. (މަޤާމާ ގުޅޭ ދާއިރާއެއްގެ ތަޢުލީމު ނުވަތަ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ).
13 ރަމަޟާން 1436