މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ބޭނުމަށް ލެޑް ސްކްރީނުން އިޝްތިހާރު ސްލޮޓްތަކެއް ކުއްޔަށް ހިފުން

މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، އޮތޯރިޓީން ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތަކެއް މާލޭ ސަރަހައްދުގައި ހަރުކުރެވިފައިވާ ލެޑް ސްކްރީނުން އިޝްތިހާރު ކުރުމަށް ސްލޮޓްތަކެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

19 ނޮވެންބަރު 2024

އަންގާރަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

21 ނޮވެންބަރު 2024

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

26 ނޮވެންބަރު 2024

އަންގާރަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

12 ނޮވެންބަރު 2024
ހޯދާ