ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހުޅެއްދުއާ 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި އިޢުލާންވަނީ 12 ނޮވެންބަރު 2024 20:40 ގައި ބާތިލް ކުރެވިފައެވެ.


 ނަންބަރު:  (IUL)242-AD/242/2024/44

 

އިޢުލާން

ގދ. ހުޅެއްދުއާ 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

 

ގދ. ހުޅެއްދުއާ 5 ( ފަހެއް ) އަހަރުދުވަހުގެ މުއްދަތަށް  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް https://rb.gy/8rf2rh  ބޭނުން ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.  ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  •  ޕްރޮޕޯސަލް ހުށައެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީ އިދާރާގެ މެއިލް އެޑްރެސް: [email protected]  އަށެވެ. 
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މެއިލް މި އިދާރާއަށް ލިބުނުކަން ޔަޤީންކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 

 

ތަފްޞީލް

ތާރީޚާއި ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް

20 ނޮވެމްބަރ 2024 ، 14:00

ޕްރޮޕޯސަލް ހުށަހެޅުން

01 ޑިސެމްބަރ 2024، 13:00

 

  • ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6841032 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

އާބާދީހިނގުން ، ތިނަދޫ ސިޓީ ، ދިވެހިރާއްޖެ

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

12 ނޮވެންބަރު 2024
ހޯދާ