އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

2025 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ

2025 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް، މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ނޮވެމްބަރ 2024 ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން, ނަންނޯޓް ކުރެއްވުމަށް ފުރަންޖެހޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ.  މިބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ  10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

 

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  1 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. 

ވީމާ ބީލަމަށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވުން އެދެމެވެ. 

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯން:  6800743

އީމެއިލް: [email protected]

                                        

                                                       12 ނޮވެމްބަރ 2024

12 ނޮވެންބަރު 2024
ހޯދާ