ދިވެހިރާއްޖެ
ގޮއިދޫ ސްކޫލް
ބ.ގޮއިދޫ
ނަންބަރު: IUL/ GS139/2024/17
އިޢުލާން
2025 ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުން ފެށިގެން އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.
ގްރޭޑް |
2025ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް |
އެލް.ކޭ.ޖީ |
2024 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން. (ނަމަވެސް، 31 މާރޗް 2025ގެ ނިޔަލަށް 4 އަހަރު ފުރޭ ކުދީންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު، ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ). |
ޔޫ.ކޭ.ޖީ |
2024ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން 2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (6 އެޕްރީލް 2025 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ. |
ގްރޭޑް 1 |
ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން 2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (6 އެޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
ވީމާ، އެލްކޭޖީއަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2024ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 12:00އަށް ސްކޫލް އޮފީހުގައެވެ.
ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.
- ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6600014 އަށް ގުޅުއްވުން އެދެމެވެ.