ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ކުނިކެހުމާއި ސާފުކުރުމާއި ގުޅޭ!

މިހާރަކަށް އައިސް ދިރިއުޅުމަށް ދޫކުރެވިފައި ހުންނަ ގޯތިތައް ހިމެނޭ މަގުތަކުގެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބަލަހައްޓަމުން ނުދާކަން ދަނީ ފާހަގަ ކުރެވެމުންނެވެ. އަދި މިކަމާއި ގުޅިގެން އާންމުންގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ.

ދިރިއުޅުމަށާއި އެނޫން ބޭނުންތަކަށް ބިން ދޫކުރެވެނީ ބިން ލިބޭ ފަރާތުން އެމީހަކަށް ލިބޭ ގޯއްޗާއި ގުޅިފައިވާ މަގުތަކުގެ ގޯއްޗާއި ގުޅިފައިވާ މަގުގެ ދެބައިކުޅަ އެއްބައި ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް އެއްބަސްވެވި، މިކަން އެންގުމާއެކުގައެވެ. އަދި ޤަވާއިދު ނަމްބަރ R-2066/2013  " މަޑަވެލި މަގުމަތި ކުނިކެހުމާއި ބެހޭ  އުސޫލުގެ" 4 ވަނަ މާއްދާގައި "މަގުމަތި ކުނިކެހުން" (ހ) ގައި ކޮންމެ ފަރާތަކުންވެސް އެ ފަރާތަކަށް ގދ.މަޑަވެލިން ދޫކޮށްފައިވާ ބިމުގެ ވަށައިގެންވާ މަގަށްވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. " މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި މި މި މާއްދާގެ (ށ) ގައި އެމީހަކު ދިރިއުޅޭ ގޯއްޗަކަށްވީ ނަމަވެސް އެ ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބަލަހައްޓަންވާނީ އެ ގޯއްޗެއްގައި ދިރިއުޅޭ ފަރާތަކުންނެވެ." މި ފަދައިން ބަޔާންކޮށްފައި ވެއެވެ. އަދި މި ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި މި އުސޫލުގައިވާ ގޮތުގެ މަތިން ކުނިކަހާ ސާފުކޮށް ނުބަލަހައްޓާ ފަރާތްތަކަށް ފުރަތަމަ ފަހަރު 100.00 (އެއް ސަތޭކަ ރުފިޔާ) ، ދެވަނަ ފަހަރު 250.00 (ދުވިސައްތަ ފަންސާސް ރުފިޔާ) ، ތިންވަނަ ފަހަރު 400.00 ( ހަތަރު ސަތޭކަ ރުފިޔާ) އަދި މީގެ އިތުރުން ކޮންމެ ފަހަރަކު 500.00 (ފަސްސަތޭކަ ރުފިޔާ ) އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިފައިވާކަން ބަޔާންކޮށްފައިވެއެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުމަތި ސާފުނުކުރާ ފަރާތްތަކުން މިއަދުން ފެށިގެން 02 ހަފްތާގެ  ތެރޭގައި މަގުމަތި ސާފުނުކުރާނަމަ، އެފަރާތްތަކުގެ ގޯތީގެ ފޮޓޯ އަދި ގޯތީގެ ވެރިފަރާތުގެ ވަނަވަރު އާންމުކުރެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މީގެ އިތުރުން މަތީގައި ދެންނެވިފައިވާ ޤަވާއިދާއި އެއްގޮތަށް ޖުރިމަނާ ކުރެވޭނެވާހަކަވެސް ދަންނަވަމެވެ.

ވީމާ، ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި، ފަޅުގެތައް އަދި އެހެނިހެން ބިންތައް  ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަށް އަންގާ ނަސޭޙަތްތެރިވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ނޮވެންބަރު 2024
ހޯދާ