ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)
މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) ނަމުގައި މަޝްރޫޢުއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް ކޮންސެޕްޓް ނޯޓް ހެދުމުގައި އިންޓަރނޭޝަނަލް ކޮންސަލްޓަންޓް އާއި އެކު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ކޯޓޭޝަން ވެލިޑިޓީ އަދި ހުޅުވުން
ކޯޓޭޝަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ކޮންސަލްޓަންސީ އަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން،އީ-މެއިލް އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ.
ކޯޓޭޝަން ހުށަހަޅާނީ 27 ނޮވެންބަރު 2024 ވަނަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން އަނބުރާ ރައްދު ކުރެވޭނެއެވެ. ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 27 ނޮވެންބަރު 2024 ވަނަ ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި އެޕްލިކެންޓުންގެ ނުވަތަ އެޕްލިކެންޓުންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 27th November 2024 at 1105hrs – “Consultancy services for a national expert to support the development of a project concept note (Health Sector) under NAP Process – (IUL)438-CCD/438/2024/482” and the submitting Applicant’s name and address
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
އީމެއިލް ކޮޕީ: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: (IUL)438-CCD/438/2024/482
ހުށަހެޅީ؛
(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
މި މަސައްކަތް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު