މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ރެޑީމޭޑް އޮފީސް ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދަން

މި އޮތޯރިޓީގައި ރެޑީމޭޑް އޮފީސް ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 30 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)431-AHP/1/2015/12) އިޢުލާނަށް ގުޅިގެން އަގު ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖުލައި 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4262-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ރަމަޟާން‏ 1436

01 ޖުލައި 2015
ހޯދާ