ދިވެހިރާއްޖެ
ކާށިދޫގެ ރައްޔިތުންނަކީ ދީނީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމުމަށް ކާށިދޫ ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ޖަމާއަތްތެރިން ތަމްރީނުކުރުމުގެ ކޯހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ކޯހަކީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި މިކައުންސިލާ ގުޅިގެން ހިންގާ ކޯހެކެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ދެންޖިންސުގެ މީހުންނަށް ހުޅުވާލެވިފައިވެއެވެ.
ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ނޮވެމްބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން "ޖަމާއަތްތެރިން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއެކު ކޯހުގެ އައުޓްލައިން އާންމުކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.