މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގައި ބޭނުންކުރާ ޑޮމެއިން ޚިދުމަތްތަކާ ގުޅޭ

އިޢުލާން

 

އެއްގަމު އުޅަނދުގައި ބޭނުންކުރާ ޑޮމެއިން ޚިދުމަތްތަކާ ގުޅޭ

ޑޮމެއިން ޚިދުމަތުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތަޢާރަފްކުރުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން، 17 ނޮވެންބަރު 2024 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި، ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅުއްވައިގެން، އަލަށް ތަޢާރަފްކުރާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައަށް ބަދަލު ކުރެއްވުމަށް ދެންނެވީމެވެ.

އަލަށް ތަޢާރަފްކުރާ ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ހޯދުމުގެ ބޭނުމަށް، މި މިނިސްޓްރީއަށް ހުށަހަޅާ ލިޔުންތައް ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރާނެއެވެ.

މި ޚިދުމަތަށް އެދި ލިޔެކިޔުންތައް ހުށަހަޅާނީ އެކަމަށް ކަނޑައާޅާފައިވާ ފޯމާއެކު [email protected] އަށް ނުވަތަ ޑޮމެއިންގެ މަސައްކަތަށް މި މިނިސްޓްރީން ޚާއްޞަކޮށްފައިވާ ކައުންޓަރަށެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީގެ ގްރައުންޑް ފްލޯގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3343415 އަށް ގުޅުއްވުމަށް ދެންނެވީމެވެ.

އިސްވެ ދެންނެވުނު މުއްދަތު ހަމަވުމަށްފަހު، މިނިސްޓްރީން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ، ގަވާއިދު ނަންބަރު 76-އާރު/2021 (އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަނި ކަމުގައި ވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

09 ޖުމާދަލްޢޫލާ 1446

11 ނޮވެންބަރު 2024

11 ނޮވެންބަރު 2024
ހޯދާ