ދިވެހިރާއްޖެ
"އދ.ދަނގެތީ އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލު" އާއި ޚިލާފަށް އެއުޞޫލުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ އިތުރަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް ނެގުމަށްޓަކައި މިއިދާރާގެ ނަމްބަރ (IUL)352/352/2024/64 (01 އޮކްޓޫބަރ 2024) އިޢުލާނުން ޢާންމުކޮށް ވާނީ ރައްޔިތުންނަށް އެންގިފައެވެ.
ނަމަވެސް، މުއްދަތު ހަމަވިއިރު ބައެއް އުޅަނދުތައް ނަގާފައި ނުވާތީ އެއުޅަނދުތައް ކައުންސިލުން ނެގުމަށްފަހު އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާ އުޞޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތްތަކާއި މެދު ޢަމަލު ކުރަމުން ގެންދާނަމެވެ.
އެގޮތުން، ދޯނިއެހެލާ ބޭލުމަށް ޙާއްސަ ކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް ނެގުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާތީ، 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެފަދަ އުޅަނދުތައް ނަގައި ތަން ސާފުކުރެއްވުމަށް އަންގަމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި އުޅަނދުތައް އިތުރު އެންގުމަކާއި ނުލައި މިއިދާރާއިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، އުޅަނދު އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ ތެރޭގައި އުޅަނދަކަށް ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް މިއިދާރާއިން ނުނަގާނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.