ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް އުތީމު ބަނދަރުން ބިންދޫކުރުން

އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)255/255/2024/46 ( 06 އޮކްޓޫބަރު 2024 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، އިސްވެދެންނެވި ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން 18 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ނެންގެވުމާއެކު ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ އެވެ. މިފޯމް ލިބެން ހުންނާނީ އުތީމު ކައުންސިލްގެ އިދާރާއިންނެވެ.

 

     އަދި، މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ  26 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސެޝަން އެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅުއްވައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

މުއްދަތު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ހއ.އުތީމު ބަނދަރުގެ ހުޅަނގު ފަރާތުގައި

ތެޔޮވިއްކާ

25 އަހަރު

2324 އަކަފޫޓު

އަކަފޫޓަކަށް މަހަކު 0.75 ލާރި ( ފުރަތަމަ 5 އަހަރަށް )

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.              

09 ނޮވެންބަރު 2024
ހޯދާ