މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއާ ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން "ހިޔާވެހި ފައިނޭންސިންގ" ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް 05 ނޮވެންބަރ 2024 ވަނަ ދުވަހު ވަނީ ޕްރޮގްރާމެއް އިފްތިތާހް ކުރެވިފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 (ފަސް އިންސައްތަ) ޕްރޮފިޓް ޕަސެންޓޭޖްގައި ދިނުމަށް ކަނޑައެޅިފައިވާ އިސްލާމިކް ފެސިލިޓީތަކެވެ. މިގޮތުން މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 1 މިލިއަން ރުފިޔާ (ރަށްވެހި ފައިނޭންސިންގ ސްކީމް)، މިނިސްޓްރީއިން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ (ސަހަރު ފައިނޭންސިންގ ސްކީމް) އަދި ފުރަމާލެއިން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 6 މިލިއަން ރުފިޔާ (ފަހިމާލެ ފައިނޭންސިންގ ސްކީމް) އާއި ހަމައަށް މި ފެސިލިޓީން ފުރުސަތު ލިބިގެންދާނެއެވެ.

މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށެވެ. މި ސްކީމްތަކުގެ ދަށުން ފުރަތަމަ އެޕްލިކޭޝަން ހުޅުވާލުމަށް ރޭވިފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. މި ގޮތުން މިކަމަށް އެދޭ ފަރާތްތަކުން، 08 ނޮވެމްބަރ 2024 ވާ ހުކުރު ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހަޅަމުން ގެންދިއުމަށް ދެންނެވީމެވެ. އަދި ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އެވެ. މި ޕްރޮގުރާމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.

މި ސްކީމްތަކާއި ގުޅޭ އުސޫލުތަށް ތިރީގައިވާ ލިންކުތަކުން ފެންނާނެ ވާހަކަ ދަންނަވަމެވެ.

އުސޫލު ނަންބަރު: 37-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ރަށްވެހި)

https://gazette.gov.mv/gazette/7127

އުސޫލު ނަންބަރު: 36-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ސަހަރު)

https://gazette.gov.mv/gazette/7126

އުސޫލު ނަންބަރު: 35-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ފަހިމާލެ)

https://gazette.gov.mv/gazette/7125

08 ނޮވެންބަރު 2024
ހޯދާ