އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ޒުވާނުންގެ 4 ވަނަ ވޮލީ މުބާރާތުގެ ރެފްރީންނާއި ލައިންސްމޭނުންގެ އެކޮމެޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

      2024 ޑިސެމްބަރ 02 ގައި ފެށުމަށް ހަމަޖެހިފައިވާ އަންހެނުންގެ އަދި ފިރިހެނުންގެ ވޮލީ މުބާރާތުގެ ރެފްރީންނާއި ލައިންސްމޭނުންގެ އެކޮމެޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ބޭނުންވާ ރޫމްގެ ޢަދަދު : 3

މުއްދަތު: ގާތްގަނޑަކަށް 13 ދުވަސް ( 2024 ޑިސެމްބަރ 02 ން 2024 ޑިސެމްބަރ 14 އަށް)

            ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2024 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގަ އެވެ.  އަދި ސިޓީ އުރައިގެ  ބޭރުގައި " ރެފްރީންނާއި ލައިންސްމޭނުންގެ އެކޮމެޑޭޝަން ހަމަޖެއްސުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިދެންނެވި ގޮތާ ޚިލާފަށް ހުށަހަޅާ ކޯޓޭޝަނާއި ގަޑިޖެހޭ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ.

            އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ [email protected]  މެއިލްއަށް ފޮނުވުން އެދެމެވެ . ނުވަތަ 7711722 ނަންބަރު ފޯނާއި ގުޅުމުން މަޢުލޫތު ސާފުކޮށްދެވޭނެ އެވެ.

       05 ޖުމާދަލްއޫލާ 1446   

07 ނޮވެންބަރު 2024
ހޯދާ