ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޑި އެހެލާ ސަރަހައްދަށް ކަރަންޓްލުން
- މި އިދާރާއިން ބައެއް ތަކެތި ފޯރުކޮށްދިނުމުން މިރަށު އޮޑި އެހެލާ ސަރަހައްދަށް ކަރަންޓް ކޭބަލު ވަޅުލައި މީޓަރު ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)245-MIM/245/2024/87 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
- ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.
- މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅުއްވާނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރައްވަން ވާނެއެވެ.
- މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6501012 އަށް ގުޅުއްވުން އެދެމެވެ.
07 ނޮވެންބަރު 2024
ހޯދާ