ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެމެދުމަތި ފަންނަށް ކަރަންޓުލުން

  1. އަމިއްލަ ތަކެތީގައި ދެމެދުމަތި ފަންނަށް ކަރަންޓް ކޭބަލް އަޅައި މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)245-MIM/245/2024/89 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
  2. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.
  3. މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅުއްވާނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރައްވަން ވާނެއެވެ.
  4. މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6501005 އަށް ގުޅުއްވުން އެދެމެވެ.
07 ނޮވެންބަރު 2024
ހޯދާ