މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

ތިރީގައިވާ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.

މަޤާމު:               

 މެނޭޖަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެޗް.އާރ ޑިޕާޓްމަންޓް - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،750.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ސެޓްފިކެޓް ލެވަލް 07 (ޑިގްރީ): ބޭސިކް މުސާރައިގެ %40

ސެޓްފިކެޓް ލެވަލް 05 (ޑިޕްލޮމާ): ބޭސިކް މުސާރައިގެ %20

ޝަރުޠު:

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަގާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިދާރީ އަދި މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ފެލިވަރުގެ ތަރައްޤީގެ ޕްލޭންތައް ހެދުމާއި، މުވައްޒަފުންގެ ތަމްރީނަށް ބޭނުންވާ ފަންނީ ހުނަރު ހޯދައިދިނުމަށް ރީޖަނަލް މެނޭޖަރގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • ފެލިވަރުގެ އިދާރީ އެންމެހާ ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ރީޖަނަލް މެނޭޖަރަށް ލާފާއެރުވުން.
  • ކުންފުނީގެ ޕޮލިސީތައް ތަންފީޛް ކުރުމަށް ހެޑް އޮފީސްއަށް އެހީތެރިވެދިނުން.
  • ފެލިވަރު ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  • ހެޑް އޮފީސް އެޗް.އާރގެ އިރުޝާދުގެ ދަށުން މަސައްކަތް ރާވާ ހިންގުން.
  • މުވައްޒަފުންގެ ރިކްރިއޭޝަން ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން.
  • ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާމީހުން ކުންފުނީގެ ސީޔާސަތުތަކާއި އެއްގޮތަށް ހޯދުން.
  • މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  •  މަސްވެރިކަމާއި ގުޅުންހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަނަށް (އަތޮޅު) ނިސްބަތްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  •  ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.
  • މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

  ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

  • އިންޓަރވިއު -------------%20
  • ޕްރެޒެންޓޭޝަން------------%30
  • ތަޢުލީމީ ފެންވަރު----------%20
  • މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް. ނުވަތަ
  • އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  14 ނޮވެމްބަރު 2024 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.  
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ގުޅުއްވުން އެދެމެވެ.

 

-         

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

07 ނޮވެންބަރު 2024
ހޯދާ