ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މެނޭޖަރ - ޕޭޔަބަލްސް)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 މެނޭޖަރ - ޕޭޔަބަލްސް

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 މެނޭޖަރ - ގްރޭޑް 1

އަސާސީ މުސާރަ:

 މަހަކު -/12,500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ 25%

- ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35%، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެކައުންޓްސް ޕޭޔަބަލް ޓްރާންސެކްޝަންތައް ރިކޮންސައިލްކޮށް، ތަފާތުތަކެއް ހުރިނަމަ އެކަން ޙައްލުކުރުން.

- ހުރިހާ ފައިސާއާއި ޚަރަދުތަކުގެ ރެކޯޑު ބެލެހެއްޓުން.

- އެކައުންޓްސް ޕޭޔަބަލް ލެޖަރ ރިކޮންސައިލްކޮށް، ހުރިހާ ޕޭމަންޓްތަކެއް އެކައުންޓްކޮށް، ރަނގަޅަށް ޕޯސްޓްކޮށްފައިވޭތޯ ބެލުން.

- އިންވޮއިސްތަކާއި ޕާޗޭސް އޯޑަރުތައް ބަލައިގަނެ، ރިވިއުކޮށް ޔަޤީންކުރުން.

- ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެއްބަސްވެފައިވާ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދެއްކޭތޯ ބެލުން.

- ބިލިންގ ނުވަތަ ޕޭމަންޓް މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެންޑަރުންނާއި ސަޕްލައިކުރާ ފަރާތްތަކާ މުޢާމަލާތްކުރުން.

- ޕޭމަންޓް ސްޓޭޓަސްއާ ގުޅޭގޮތުން ވެންޑަރުންގެ ފަރާތުން ކުރާ ސުވާލުތަކައް އެޑްރެސްކުރުން.

- ދައްކަންޖެހޭ އެކައުންޓްތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން.

- މާލީ ސިޔާސަތުތަކާއި ޢުޞޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން.

-  އެކައުންޓްސް ޕޭޔަބަލްއާ ގުޅޭ އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓްތަކުގައި އެހީތެރިވުން.

- މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

-  އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރުމަށް އެނގުމާއި ފައިނޭންޝިއަލް ރިޕޯޓްތައް އިންޓަނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްތަކާ އެއްގޮތައް ތައްޔާރުކުރުން.

-  މެނޭޖްމަންޓް ރިޕޯޓްތަކަށް ފަރިތަ މީހެއްކަމުގައިވުން.

-  ކުންފުނިން ދައްކަންޖެހޭ ޓެކުހާއި ބެހޭ ބަޔާންތައް ހުށަހެޅުމާއި ރިޕޯޓްތައް ތައްޔާރުކުރުން.

- ކުންފުނީގެ އެކައުންޓްތައް ރިކޮންސައިލްކޮށް ބެލެހެއްޓުން.

- ކުންފުނީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

- ކޯޕަރޭޝަންގެ ކޭޝްފްލޯ ތައްޔާރުކޮށް ކޭޝްފްލޯ މެނޭޖްކުރުން.

- ކުންފުނިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރުމާއި ޑޮކިއުމަންޓްތައް ޗެކްކުރުން.

- ކޯޕަރޭޝަންގެ އެންމެހައި މާލީ ހިސާބުތައް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ބަލައި ޗެކްކުރުން.

- ފައިނޭންސް ޑިޕާޓްމަންޓުން ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން ފޮނުވާ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑުތައް ޗެކްކުރުން.

- އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓަރުން ބޭނުންވާ އެންމެހައި ޑޮކިއުމެންޓްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

- އެކައުންޓްސް ޕޭޔަބަލްސް ސިސްޓަމް އެނަލައިޒްކޮށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ރިޕޯޓްކުރުން.

- އެކައުންޓްސް ޕޭޔަބަލްސްގެ ސްޓާފުން މެނޭޖްކޮށް ސްޓާފުންނަށް މަސައްކަތްތައް ޙަވާލުކޮށް ސުޕަވައިޒްކުރުން.

 

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 18 ނޮވެމްބަރ 2024 ވާ ހޯމަ  ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޙްތިޔާރު މި ކޯޕަރޭޝަންއަށް ލިބިގެންވެއެވެ).
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

އިންޓަވިއު:

-  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

-  މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ/ ޑިސެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                       05 ޖުމާދަލްއޫލާ 1446  

07 ނޮވެންބަރު 2024
ހޯދާ