މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކުރުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 13 އޮކްޓޫބަރު 2024 ގައި ކުރި ނަންބަރު (IUL)220-AS/1/2024/108 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސް ދެންނެވުނު ތަކެތި/ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރަމެވެ.

ވީމާ، މި ތަކެތި/ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

13 ނޮވެންބަރު 2024

ބުދަ

12:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

18 ނޮވެންބަރު 2024

ހޯމަ

14:00

 

1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކް:https://forms.office.com/r/pL93zm9r5Y

2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

3. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

4. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 13 ނޮވެންބަރު 2024 ވާ ބުދަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3020467, 3019663 އަށް ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއޫލާ 1446

 

 

07 ނޮވެންބަރު 2024
ހޯދާ