މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ލޭބަރފޯސް ސާރވޭ 2024-2025 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

އިޢުލާން

ލޭބަރފޯސް ސާރވޭ 2024-2025 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

                  މިބިއުރޯގެ ފަރާތުން މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ "ލޭބަރފޯސް ސާރވޭ 2024-2025" ގައި ހަރަކާތްތެރިވުމަށް 12 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

                 އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 4 ދުވަހުގެ ތަމްރީނެއް ކުރިއަށްގެންދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސާރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސާރވޭގެ މުއްދަތުގައި މަހަކު އެއްފަހަރު ހަފްތާއަކު 06 ދުވަހު ފީލްޑް މަސައްކަތް ތިރީގައި ދެވިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާނެއެވެ.

 24 – 30 ނޮވެމްބަރ 2024

ނޮވެމްބަރ 2024

 15 – 21 ޑިސެމްބަރ 2024

ޑިސެމްބަރ 2024

 12 – 18 ޖެނުއަރީ 2025

ޖެނުއަރީ 2025

 9 – 15 ފެބްރުއަރީ 2025

ފެބްރުއަރީ 2025

 9 – 15 މާރިޗް 2025

މާރިޗް 2025

- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ (މިއެލަވަންސް ދެވޭނީ ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

- ފީލްޑް، ކޯޑިންގ އަދި ޑޭޓާ ޕްރޮސެސިންގ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500ރ

- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/20 ރ

                  މިގޮތުން، މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/X3zpWS6Lmrdukrjf9 އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 14 ނޮވެމްބަރ 2024ގެ 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

07 ނޮވެންބަރު 2024
ހޯދާ