މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކުގައި ކުނިއެންދުމާއި ގުޅޭ

މިފަހަކަށް އައިސް، ކައުންސިލުން ދޫކޮށްފައިވާ ކުލީ ދަނޑުބިންތަކުގައި ކުނިއަންދަމުންދާކަމުގެ ޝަކުވާ މިއިދާރައަށް ދަނީ ލިބެމުންނެވެ. ދަންނަވަމެވެ. މިފަދަ ކަންކަން ނުކުރުމަށް މިއިދާރާއިން މީގެކުރިންވެސް އެތަށްފަހަރަކު ރައްޔިތުންނަށް ހަނދާންކޮށްދީފައިވުމާއިއެކު މިފަދަ، އެންމެހާ ނުކިއްސަރު ކަންކަން ތަކުރާރު ނުކުރުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ދަނޑުބިންތަކުގައި ކުނި އެންދުން ތަކުރާރުވާކަމުގައި ވާނަމަ، އެފަދަ ފަރާތްތަކާއި މެދު ދަނޑުބިން ދޫކުރުމަށް ވެވިފައިވާ އެގްރީމެންޓްގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާ އެގްރީމެންޓް ބާޠިލްކޮށް،ބިން އަތުލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

       މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 ނޮވެންބަރު 2024
ހޯދާ