ދިވެހިރާއްޖެ
އިލެކްޓްރިކް ޕެނަލް ބޯޑެއް ހޯދުން ނަންބަރ: (IUL)GS-01/GS-01/2024/83
މި ސްކޫލަށް އިލެކްޓްރިކް ޕެނަލް ބޯޑެއް ހަދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)GS-01/GS-01/2024/72 (08 އޮކްޓޯބަރ 2024) ގެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ބޭފުޅުން މައުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން https://bit.ly/3Oiw54Vއަށް ރަޖިސްޓްރީވުމަށްފަހު، 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިއިއުލާނާއެކު މައުލޫމާތު ޝީޓް އެޓޭޗްކުރެވިފައިވާނެއެވެ.
- ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
01- ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
02- ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
03- ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
04- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މިސްކޫލަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
05- ބީލަން ހުޅުވުން އޮންނާނީ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
05 ޖުމާދަލްޢޫލާ 1446
07 ނޮވެމްބަރ 2024