ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

`                         

ކަލާފާނު ސްކޫލް  

 މާލެ / ދިވެހިރާއްޖެ

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ                   

 

                                                       ނަންބަރު: KS-R/IUL/2024/45

އިޢުލާނު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-369854

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކަލާފާނު ސްކޫލް / މާލެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  4. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00 
  5. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އެހެން އޮފީސްތަކަށް ބަދަލުވާ މުވައްޒަފުން ބަދަލު ކުރުން އަދި ވަކިވާން އެދޭ މުވައްޒަފުން ވަކިކުރުމާއި ގުޅޭ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިޔުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2.  އިދާރާގެ މަޤާމުތަކަށް ހޮވޭ މުވައްޒަފުން އޮފީހަށް އަހުލުވެރި ކުރުމުގެ (އިންޑަކްޝަން) ޕްރޮގްރާމް ރާވާ ހިންގުން.

 

3. އެޓެންޑެންސް ސިސްޓަމް ބޭނުންކޮށްގެން މުވައްޒަފުންގެ ހާޟިރީ ރިޕޯޓް ނެގުމާއި، މުވައްޒަފުންގެ ސަލާން އަދި ޗުއްޓީގެ ކަންތައްތައް އަޕްޑޭޓް ކުރަމުން ގެންދިއުން. އަދި މުސާރަހެދުމަށްޓަކައި ކޮންމެ މަހެއްގެ 15 އާއި ހަމައަށް ރިޕޯޓް ހެދުން.

4. މުވައްޒަފުން އެޕްރައިޒްކުރުމުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ފުރިހަމަ ކުރުމާއި އެޕްރައިޒަލް ރިޕޯޓް އާއި ޓާގެޓް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުންވަމުން ގެންދިއުން.

5. މުވައްޒަފުން ގެ ޗުއްޓީ (ޢާއިލީ ޒިންމާ ޗުއްޓީ އަދި އަހަރީ ޗުއްޓީ) އަށް ފޯމު ހުށައެޅުމުން، ޗުއްޓީ ޗިޓް ތައްޔާރުކޮށް ޗުއްޓީގެ ބާކީ ބަލަމުން ދިއުން އަދި ޗުއްޓީ ޗިޓް އެމުވައްޒަފަކާއި ޙަވާލުކޮށް އެއާއި ގުޅޭ ލިޔުން މުވައްޒަފުގެ ޕަރސަނަލް ފައިލްގައި ފައިލްކުރުން.

6. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސެޕް ސިސްޓަމް މެދުވެރިކޮށް ސްޓޭޓަސް އަޕްޑޭޓް އަދި ޕޭރޯލްގެ އެންމެހާ މަސައްކަތްތައް ކުރުމާއި ކޮންމެ މަހެއްގެ މުސާރައާއި ސެޕް ސިސްޓަމުން ހަދާ ނިންމުން

7. އިދާރާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދިމާވާ މައްސަލަތަކުގައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް، އެ މުވައްޒަފެއްގެ ސެކްޝަން ގުޅިގެން އިސްލާހީ ފިޔަވަޅު އެޅުން. އަދި އިޞްލާޙީ ފިޔަވަޅުއެޅުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމާއި އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން.

8. އައު ބިދޭސީ ޓީޗަރުންގެ ކޮންޓްރެކްޓް ވިއުގައަށް އެޅުމާއި، ކޮންޓްރެކްޓް ހަމަވާ ބިދޭސީ ޓީޗަރުންގެ ކޮންޓްރެކްޓް އައު ކުރުން (ރީ އެޕޮއިންޓްމަންޓް). އަދި ބިދޭސީ ޓީޗަރުންގެ ވޯކް ވިސާއާއި ވޯކް ޕާރމިޓް ކާޑް ހެއްދުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ފޮނުވަންޖެހޭ އެންމެހާ މަޢުލޫމާތު ފޮނުވުން.

9. އަހަރީ ޗުއްޓީގައި ބިދޭސީ ޓީޗަރުން އެބޭފުޅުންގެ ގައުމަށް އެނބުރި ދިއުމުގައި ޓިކެޓްގެ އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފާގެ މަތިން ބެލެހެއްޓުން.

10. މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާ އެއްބަސްވުންތައް ތައްޔާރުކޮށް ސޮއިކުރުވައި ރައްކާތެރިކަމާއެކު  މުވައްޒަފުންގެ ޕާރސަނަލްފައިލަށް ފައިލްކުރުން އަދި ސީ އެސް ވިއުގައަށް އެޅުން.

11. މުވައްޒަފުންގެ ރަޖިސްޓްރީ އަފްޑޭޓްކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާސަނަލްފައިލް އަދި ލިޔެކިޔުންތައް ފައިލްކުރާ ފައިލްތައް ހެދުމާއި، ބެލެހެއްޓުން

12. ވޭޖް / ކޮންޓްރެކްޓް  އަދި ރިލީފް ޓީޗަރުން ވަޒީފާ ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އަންގާ ގޮތެއްގެ މަތިންކުރުން

13. ޢުމުރުން 55 އަހަރު އަދި 65 އަހަރުވުމުން މުސްކުޅިކުރެވޭ މުވައްޒަފުންގެ މަސައްކަތް ސިވިލްސަރވިސްގެ ގަވައިދާ އެއްގޮތަށް ކުރުން

14. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތް ގޮތުން ސްކޫލްގެ އެންޓްރީއަށް ލިބޭ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކޮށް ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޟިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒިނަސް އެޑްމިނިސްޓްރޭޝަން

ބިޒިނަސް މެނޭޖްމަންޓް

ފައިނޭންސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް 

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން :

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒިނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމަށް ކޯ ޑިސިޕްލިން:ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  6. އިންޓަރވިއު (% 35)

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ން ފެށިގެން މަތިން ޕޮއިންޓު ލިބެންވާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ކަލާފާނު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. 

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް  އޮންނާނީ، 19 ނޮވެންބަރ 2024 އާއި 27 ނޮވެންބަރު 2024 އާ ދެމެދު، ކަލާފާނު ސްކޫލް ގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3316589 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 ނޮވެންބަރު 2024
ހޯދާ