ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގައި ކަބަޑު ސެޓް ޖެހުމާއި އަދި "ސިޑިގޮޅި" އާއި "ސްޓޯރ" ރޫމުގައި ޝެލްފް ޖަހައި ދިނުމުގެ މަސައްކަތާއި ބެހޭ:

ދާންދޫ ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގައި ކަބަޑު ސެޓެއް ޖެހުމަށް ކުރިން ކުރި ނަންބަރު(IUL)410-P/410/2024/34  އިޢުލާން ބާތިލްކޮށް އަލުން އިތުރު މަސައްކަތްތަކާއި އެކު، ދާންދޫ ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގައި ކަބަޑު ސެޓް ޖެހުމާއި އަދި "ސިޑިގޮޅި" އާއި "ސްޓޯރ" ރޫމުގައި ޝެލްފް ޖަހައި ދިނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

 

މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

އަގު %75  

ތަޖުރިބާ % 10

މުއްދަތު % 15  

 

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް:   www.dhaandhoo.gov.mv ގައި 07  ނޮވެމްބަރ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

 

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ  10:00ގެ ކުރިން، ފޮވުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް: 

https://forms.gle/XJbJ3v9D3oZi5uHJ     

 

މިބިޑާއި ގުޅިގެން މައުލުމާތު ދިނުން އޮންނާނީ  17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގައި، މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މި ސެޝަނުގައި ހުރިހާ މައުލޫމާތެއް ސާފުކުރަން ވާނެއެވެ. އަދި މި ސެޝަނަށްފަހު ޓްރެކް ޤާއިމު ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ.

 

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 21 ނޮވެމްބަރ 2024 ބުދަ ދުވަހުގެ 13:30ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

 

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ނޮވެންބަރު 2024
ހޯދާ