ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ކުރެންދޫގެ "ރަމްޒީ ބިނާ" (މޮނިއުމެންޓް) ފަރުމާކުރުމުގެ ފުރުޞަތު

މިއިދާރާއިން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޅ. ކުރެންދޫގެ "ރަމްޒީ ބިނާ" ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ، މިއިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ، އަދި އެންމެ ރަގަޅުކަމަށް ކަނޑައަޅާ "ރަމްޒީ ބިނާ"ގެ ފަރުމާ ކުރެއްވި ފަރާތަކަށް، 10،000.00 (ދިހަހާސް ޕޮއިންޓް ސުމެއް ސުމެއް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

            "ރަމްޒީ ބިނާ" (މޮނިއުމެންޓް) ފަރުމާކޮށް ހުށަހަޅާނީ 26ނޮވެމްބަރ 2024ވާާ (އަންގަރާ) ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ [email protected] އަށް އީ.މެއިލް އަށެވެ.  މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް މެއިލް ކުރައްވާނީ [email protected]  އަށެވެ.

06 ނޮވެންބަރު 2024
ހޯދާ