ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PRC/Eng/2015/046

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)PSM-FP/PSM/2015/13) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

  • 10 ފްލެޓް ސްކްރީން ޓީވީ

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

13 ރަމަޟާން 1436

30 ޖޫން 2015
ހޯދާ