ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ލޯންޗެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއަށް ލޯންޗެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން
- ރަޖިސްޓްރީކުރުމުގެ ސުންގަޑި: 24 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން
- ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން: 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ /މާލެ ގައެވެ.
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.