ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ޗާންދަނީމަގު ބަގީޗާގޭގެ ކައިރީގައި ހުރި ޕީއެސްއެމް ގެ ފައިބަރ ޑިސްޓްރިބިއުޝަން ފޮށިން ސަލްޓަން ޕާކަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2024/395

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

GSRF-PSM BT/24/23

 

 

 

އިޢުލާން

  •  ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ޗާންދަނީމަގު ބަގީޗާގޭގެ ކައިރީގައި ހުރި ޕީއެސްއެމް ގެ ފައިބަރ ޑިސްޓްރިބިއުޝަން ފޮށިން ސަލްޓަން ޕާކަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2024/151 އިޢުލާންގެ ދަށުން މަސައްކަތް ހަވާލުކުރެވުނު ފަރާތުން އެމަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް:

  • ޗާންދަނީމަގު ބަގީޗާގޭގެ ކައިރީގައި ހުރި ޕީއެސްއެމް ގެ ފައިބަރ ޑިސްޓްރިބުއުޝަން ފޮށިން ސަލްޓަން ޕާކް އަށް 12 ކޯރގެ ފައިބާރ ކޭބަލް އެޅުން
  • މިފައިބަރ ކޭބަލް ވާންޖެހޭނީ އަންޑަރ ގްރައުންޑް އާމަރޑް ކޭބަލް އަކަށެވެ.
  • މިކޭބަލް އަޅަންވާނީ ޗާންދަނީމަގުގައި ހުންނަ ޕީއެސްއެމްގެ ފައިބަރ ޑިސްޓްރިބުއުޝަން ފޮށިން ޗާންދަނީ މަގުން ގޮސް ލިލީ މަގަށް ހުރަސްކޮށް، މިއުޒިއަމް ފާރު ކައިރިން ގޮސް ސަލްޓަން ޕާކް އަށެވެ.
  • މިކޭބަލް އަޅާ ރޫޓްގެ ލަފާ ކުރެވޭ ދިގުމިނަކީ 280 މީޓަރެވެ.
  • ސަލްޓަން ޕާކްގައި 12 ކޯރގެ ފައިބަރ ކޭބަލް މެނޭޖްމެންޓް ފޮށްޓެއް ބަހައްޓާ އަދި 12 ކޯރ ސްޕްލައިސް ކުރަންޖެހޭނެއެވެ.
  • ސަލްޓަން ޕާކްގައި 12 ކޯރގެ ފައިބަރ ކޭބަލް މެނޭޖްމެންޓް ފޮށި ބަހައްޓަންވާނީ ކުޑަ ފާރު ކޮޅެއް ރާނާ ސިމެންތިޖެހުމަށްފަހު އޭގެ މަތީގައެވެ.
  • ކޭބަލް އަޅާ ނިންމުމަށްފަހު ކޭބަލް ޓެސްޓް ކޮށްދޭންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަހުދީ ފަރޫޒާން 7751656 ގުޅުއްވުން އެދެމެވެ.

 

ވީމާ، ދީފައިވާ މަޢުލޫމާތާ އެއްގޮތައް މިކަންކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ނޮވެމްބަރ ވާ އަންގާރަ ދުވަހުގެ  14:00 ކުރިން ތިރީގައިވާ އީ-މެއިލް އަށް ކޯޓޭޝަން ފޮނުއްވުމަށް ދެންނެވީމެވެ.

ކޯޓޭޝަން މެއިލްކުރާނީ: [email protected]

                      04 ޖުމާދަލްއޫލާ 1446

                      06 ނޮވެމްބަރ 2024

07 ނޮވެންބަރު 2024
ހޯދާ