އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ އުތުރު ވޮލީކޯޓްގެ ވަށައިފާރު ރާނާ ފެންސް ޖެހުމުގެ މަސައްކަތް

ބީލަމުގެ ނަން:

އއ.ތޮއްޑޫ އުތުރު ވޮލީކޯޓްގެ ވަށައިފާރު ރާނާ ފެންސް ޖެހުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު:

(PROJ)339/2024/5

އިޢުލާނު ނަންބަރު:

(IUL)339-CAA/339/2024/62

އިޢުލާނުގެ ވަނަ:

2 ވަނަ

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ނަންބަރު (IUL)339-CAA/339/2024/52 (23 ސެޕްޓެންބަރު 2024) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް ކޮމިޓީން ނިންމާފައިވަތީ، ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.  ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2024 ނޮވެންބަރު 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected] މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " އއ.ތޮއްޑޫ އުތުރު ވޮލީކޯޓްގެ ވަށައިފާރު ރާނާ ފެންސް ޖެހުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަންވާނެ އެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ.

06 ނޮވެންބަރު 2024
ހޯދާ