ދިވެހިރާއްޖެ
ނަންބަރު: TENDER/HMH/2024/035-R1
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލީގަލް ޙިދުމަތްތައް ފޯރުކޮށްދޭނެ ލީގަލް ކޮންސަލްޓެންސީ ފާމެއް ހޯދަން ކުރެވުނު އިއުލާން ނަންބަރު TENDER/HMH/2024/035 އަށް ރިކުއާމެންޓާ އެއްގޮތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އާއި ބީލަމުގެ ސްކޯޕަށް ބަދަލު ގެންނަން ޖެހިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ޢިއުލާނުކުރަމެވެ.
ރެޖިސްޓްރޭޝަން: ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 ނޮވެންބަރު 9 ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: https://forms.gle/MuW6CfufEm1wfksM8
އަންދާސީ
ހިސާބު ހުށަހެޅުން: ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމާއެކު، މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހިއްސާކުރެވޭނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 ނޮވެންބަރު 12ވާ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350113 / 3350152
އީ-މެއިލް: [email protected]
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް