ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަދޮވިތަކުން މަގަށް ފެން އެޅޭގޮތަށް ހުރި ތަންތަނާއި ގުޅޭ

      ގެދޮރު ޢިމާރާތް ކުރުމުގެ ޤާނޫނާއި ޚިލާފަށް ބައެއް ގެތަކުގެ ފުރާޅު، މަގުމައްޗަށް ފެން ފަހިވާގޮތަށް ހުންނަކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިގޮތަށް ހުރުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަތައްދަނީ ކުރިމަތިވަމުންނެވެ.

      ވީމާ 30 ނޮވެންބަރު 2024 ގެ ކުރިން މަގަށް ފެންފަހިވާގޮތައްހުރި ފުރާޅުތަކުގައި، މަގުމައްޗަށް ފެން ނޭޅޭގޮތަށް ދިޔަދޮވި ހަރުކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތަށްފަހު މިގޮތަށްހުރި ތަންތަން ބަލައި އެފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

06 ނޮވެންބަރު 2024
ހޯދާ