ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫގައި "A" ޒޯން ގެ ލައިސަންސް ދިނުމަށް ޑްރައިވިންގ ޓްރެކެއް ތައްޔާރު ކުރުމާއި ބެހޭ:

މިމަސައްކަތް ކުރުމަށް މީގެ ކުރިން މިއިދާރާއިން ކުރި ނަންބަރ: (IUL)410-P/410/2024/04 އިޢުލާނާއި ގުޅިގެން އެމަސައްކަތް ކުރުމަށް ހޮވުނު ކޮންޓްރެކްޓަރާއި މިއިދާރާ އާއިއެކު ވެވުނު އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާތީ، އެ އެއްބަސްވުން ބާތިލްކޮށް، މިރަށުގައި "A" ޒޯންގެލައިސަންސްޑްރައިވިންގޓްރެކްގެ ނުނިމި ހުރި މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.  

 

މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

 

މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

އަގު % 75      

ތަޖުރިބާ % 10

މުއްދަތު % 15

 

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް:   www.dhaandhoo.gov.mv ގައި 07  ނޮވެމްބަރ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

 

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ  10:00ގެ ކުރިން، ފޮވުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް: 

https://forms.gle/XJbJ3v9D3oZi5uHJA

 

މިބިޑާއި ގުޅިގެން މައުލުމާތު ދިނުން އޮންނާނީ  17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މި ސެޝަނުގައި ހުރިހާ މައުލޫމާތެއް ސާފުކުރަން ވާނެއެވެ. އަދި މި ސެޝަނަށްފަހު ޓްރެކް ޤާއިމު ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ.

 

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ  20 ނޮވެމްބަރ 2024 ބުދަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

 

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަ އި އިޢުލާން ކުރީމެވެ.

06 ނޮވެންބަރު 2024
ހޯދާ