އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޕަރޭޝަން ކުރަނގި (ބިދޭސީ މަސައްކަތްތެރިން ގެ ދަފުތަރުގައި) ރަޖިސްޓަރީވުން ކުރިއަށްދާ ގަޑިތައް ބަދަލުވުމާއިގުޅޭ

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

 ދިގުރަށް، ދިވެހިރާއްޖެ           

ނަންބަރު:353/353/2024/105(IUL)

އިޢުލާނު

އޮޕަރޭޝަން ކުރަނގި (ބިދޭސީ މަސައްކަތްތެރިން ގެ ދަފުތަރުގައި) ރަޖިސްޓަރީވުން ކުރިއަށްދާ ގަޑިތައް ބަދަލުވުމާއިގުޅޭ

          ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރާގަޑިތައް ބަދަލުކުރަން ބޭނުންވެއެވެ.

          އެހެންކަމުން، މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުމުގެ މަސައްކަތް  މިއަދު ( 6 ނޮވެމްބަރ 2024) އިން ފެށިގެން 21 ނޮވެމްބަރު 2024 ނިއަލަށް ކައުންސިލް އިދާރާގައި ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 އިން 14:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

          މިރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއި އެކު ބިދޭސީން މިއިދާރާއަށް ފޮނުވައި ދެއްވުންއެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މަޢުލޫމާތު އަދާހަމަކުރުމަށް އެފަދަ ބިދޭސީންވެސް ފޮނުއްވާދެއްވުމަށް ދަންނަވަމެވެ.

          އަދާހަމަކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނޭތީވެ، މިފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ހާޒިރުވުމަށް ދަންނަވަމެވެ. އަދި މީގެފަހުން ރަށުން ފުރައިގެންދާ ބިދޭސީންނާއި ރަށަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ މައުލޫމާތު ކައުންސިލާއި ހިއްސާކުރެއްވުމަށް ދަންނަވަމެވެ. ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

 އިބްރާހީމް ޢަބްދުއްރަހީމް

ކައުންސިލްގެ ނާއިބު ރައީސް

06 ނޮވެންބަރު 2024
ހޯދާ