ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)

އިޢުލާން

                  އިޖުތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް        ( މަސައްކަތު )

ބޭނުންވާ ޢަދަދު: 02  ( 18 އަހަރު ފުރި 65 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ޕާޓްޓައިމްކޮށް 02 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

މުސާރަ:

މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

އެލަވަންސް:

ސާރވިސް އެލަވަންސް -/1200 ރ ( އެއްހާސް ދުއިސައްތަ ރުފިޔާ )

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 4 ގަޑީއިރު

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 . ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ( ޕާކްތަކާއި، މައިޒާންތަކާއި، ގޮނޑުދޮއްފަދަ ތަންތަން ) ކައުންސިލުން އަންގާގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން

2 – އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2024 ނޮވެމްބަރު 13 ން ފެށިގެން  5 ދުވަހުގެ މުއްދަތަށް  ކުޑަހުވަދޫ ކައުންސިލް އިދާރާ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2024 ނޮވެމްބަރ 12 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. )

2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6761002، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

            ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

03 ޖުމާދުލްޢޫލާ  1446

05 ނޮވެންބަރު 2024
ހޯދާ