ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެރުފުންކުރުމާއި ގުޅިގެން ނަގާފައިވާ ވެލި ދޫކުރުމާއި ގުޅޭ
ގއ.ނިލަންދޫގައި ނެރު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ވެލި ކުރިން ކައުންސިލުން އުފުލައިދިން ނަމަވެސް މިހާރު ވެލި ބޭނުންވާ ފަރާތްތަކުން ވެލި އަމިއްލައަށް ނަގާ އަދި އުފުލާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން 06 ނޮވެމްބަރ 2024 އިން ފެށިގެން ތިރީގައި މިދަންނަވާ ގޮތަށް އަމަލުކުރަން ފަށާފައިވާކަމަށް އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- ކޮންމެ ގޭބީސީއަކަށް ވެސް ނެގޭނީ ގިނަވެގެން ފަހަރަކު 300 ބަސްތާ ވެލިއެވެ.
- ބަސްތާއަކަށް 04 ރުފިޔާ ކައުންސިލަށް ދެއްކުމަށްފަހު ވެލި ޗިޓް ކައުންސިލް އިދާރާއިން ނަގަންވާނެއެވެ.
- ވެލި އުފުލަންވާނީ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.
- އަދި ވެލިއުފުލުމުގެ ކުރިން އ.ކައުންސިލް އޮފިސަރ މައުޒް އާދަމް ނަމްބަރު 9700207 ނުވަތަ ކައުންސިލް އޮފިސަރ ނަދީމް އަޙްމަދު ނަމްބަރ ފޯނަށް 7782723 ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
06 ނޮވެންބަރު 2024
ހޯދާ