ދިވެހިރާއްޖެ
- މި ސްކޫލުގެ ދަރިވަރުން، ކުޅޭސަރަހައްދު އަވިދާ ބޭނުން ކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފަސްވަނަފަހަރަށް އިޢުލާން ކުރުން.
 
މި ސްކޫލުގެ ދަރިވަރުން، ކުޅޭސަރަހައްދު އަވިދާ ބޭނުންކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS141/MIS/2015/07 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. (100x70’) ގެ މިސަރަހައްދު ހިޔާކުރުމަށް ހަމަޖެހިފައިވަނީ ދަނގަޑުހޮޅިން ފްރޭމެއް ހަދައި ފްރޭމްގެ މަތިން އަވިދާ ދަމައިގެން މަސައްކަތް ފުރިހަމަކުރާގޮތަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި  | 
 އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި  | 
| 
 2015 ޖުލައި 09 ވާ ބުރާސްފަތި ދުވަސް ގަޑި 13:00  | 
 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަސް ގަޑި 13:00  | 
- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.
 
12 ރަމަޟާން 1436
