ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގދ. ނަޑެއްލާއިން ބިން ދޫކުރުމުގެ އުޞޫލު 2024
މި އުސޫލަކީ، ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގދ. ނަޑެއްލާއިން ބިން ދޫކުރުމުގައި ބޭނުންކުރާނެ އުޞޫލެވެ. މި އުޞޫލަށް ކިޔާނީ " ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގދ. ނަޑެއްލާއިން ބިން ދޫކުރުމުގެ އުޞޫލު" މިހެންނެވެ. މި އުޞޫލު ހިންގާ ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއިންނެވެ. މިއީ، ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގދ.ނަޑެއްލާއިން ބިން ދޫކުރުމުގައި ދެފުށް ފެންނަ ގޮތަކަށް ޢަމަލުކުރުމަށާއި، ވިޔަފާރިވެރިން އިތުރުކުރުމަށާއި އަދި ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުޞޫލެކެވެ.
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގދ. ނަޑެއްލާއިން ބިން ދޫކުރުމުގެ އުޞޫލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
05 ނޮވެންބަރު 2024
ހޯދާ