ދިވެހިރާއްޖެ
ޖިމަށް ބޭނުންވާ ސާމާނު ގަތުން
މި ކައުންސިލުންހަދާ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓް މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.
މި ތަކެތި ގަނެ މި ކައުންސިލަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުންފެށިގެން 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
ތަފްސީލް |
|
ބީލަން ވިއްކުން |
14 ނޮވެމްބަރ 2024 ދުވަހުގެ 14:00 އާހަމައަށް |
ޕްރީބިޑް މީޓިން |
15 ނޮވެމްބަރ 2024 ދުވަހުގެރޭ 21:00 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން |
21 ނޮވެމްބަރ 2024 ދުވަހު 11:00 ގައި ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.