ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.
މާލެ، ދިވެހިރާއްޖެ.
ނީލަން ކިޔުން
މިކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 07 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހު 11:30 ގައި އެޗް.ޑީ.އެފް.ސީ ގެ އޮފީސް، ހ. މިއަލަނި 3 ވަނަ ފަންގިފިލާގައެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
މުދާ |
ރޭޓް (ރުފިޔާއިން) |
އަދަދު |
ނީލަން ކިޔަން ފެށޭނެ އަގު (ރުފިޔާއިން) |
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު (ރުފިޔާއިން) |
އެލުމީނިއަމް ދޮރު، ބިއްލޫރި ޖަހާފައި |
809.20 |
07 |
5,664.40 |
5.00 |
ޕާޓިސަން (ފެބްެރިކް/ބިއްލޫރި) |
2,567.90 |
01 ލޮޓް |
2,567.90 |
5.00 |
ފޯލްޑިންގް ދޮރު ފަތް ސެޓު |
9,793.08 |
02 |
19,586.16 |
5.00 |
ކޮންފަރެންސް މޭޒު (ސާރކިއުލާރ) |
500.00 |
01 |
500.00 |
5.00 |
ޕާކޭ ވުޑް ފޮލޯރިންގ |
100.00 |
01 ލޮޓް |
100.00 |
5.00 |
މޫނު ދޮންނަ ތަށި (މުށި) |
10.00 |
01 |
10.00 |
5.00 |
ނީލަންކިޔުމުގެ އުސޫލު
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަން ބައިވެރިންގެ ހާޒިރުގައި ކަނޑަ އަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތި 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގެ ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބު ކުރި އަގު 12 ނޮވެމްބަރ 2024 ގެ މެންދުރުފަހު 2:30 ގެ ކުރިން ކުންފުންޔަށް ފައިސާ ދައްކާ ޚަލާސްކުރަންވާނެއެވެ.
- ނީލަންކިޔާ ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވަނީ ނީލަމުގެ އަގު ދައްކައްި ޚަލާޞްކުރުމުންނެވެ.
- ނީލަން ކާމިޔާބު ކުރިފަރާތުން ފައިސާ ދައްކައި ޚަލާޞްކުރުމަށްފަހު 12 ނޮވެމަބަރ 2024 ގެ މެންދުރުފަހު 5:00 ގެ ކުރިން މުދާ ހަވާލުވެ ގެންގޮސް ނިންމަންވާނެއެވެ.
- ނީލަން ކާމިޔާބު ކުރިފަރާތުން މަތީގައި ބުނެވުނު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނިލަން ކިޔުމަށް އިޢުލާން ކުރެވޭނެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) މިނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ، ދިވެހިރާއްޖެ.
ޓެލެފޯނު: 3338810 ފެކްސް: 3315138، އީމެއިލް: [email protected]