ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 ނޮވެންބަރު 2024 12:36 ގައި ބާތިލް ކުރެވިފައެވެ.
ގޯލްޑެން ފުޓްސެލް ޗެލެންޖު 2025 ގައި ބައިވެރިވާ މިކައުންސިލްގެ ޓީމުގެ ޕްރެކްޓިސް ތަކާއި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ، މަތިވެރީގެ ކްލަބް/ޖަމިއްޔާ ތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ކުލަބު އަދި ޖަމްޢިއްޔާތަކުން 2024 ނޮވެމްބަރު 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ޝަޢުޤުވެރިކަން ފާޅުކޮށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި އިޢުލާނާއެކު ޕްރޮޕޯސަލާއި ގުޅޭ މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި ކައުންސިލަށް ދުރުވެ ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރު (IUL)342/2024/101 އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޖުމާދަލްއޫލާ 1446
05 ނޮވެންބަރު 2024