ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ކޮންޓްރެކްޓް )

އިޢުލާން

                    ދ.ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް      ( މަސައްކަތު )

ބޭނުންވާ ޢަދަދު: 01  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ ބޭފުޅުން )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ޕާޓްޓައިމްކޮށް 02 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ(.

މުސާރަ:

މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:

ސާރވިސް އެލަވަންސް -/1500 ރ ( އެއްހާސް ފައްސަތޭކަ ރުފިޔާ )

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 5 ގަޑީއިރު (ހެނދުނު 6:00 ން 11:00 އަށް)

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 . މަލްޓިޕާޕަސް ބިލްޑިންގ ގެ އެތެރެއާއި ބޭރު ފާޚާނަތަކާއެކު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

2. އެކޮމޮޑޭޝަން ބޮލޮކްގެ ކޮޓަރިތައް ފާޚާނައާއެކު ފޮޅާ ސާފުކޮށް އެނދުގެ ތަންމަތިއަޅައި އަދި ދާވެގެން ނަގާ ބެޑްޝިޓް އާއި ބާލިސް އުރަފަދަ ތަކެތި ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.

3. ހަފްތާއަކު 1 (އެއް) ފަރަހަރު އެކަމަޑޭޝަން ބްލޮކްގެ ސިޓިންގ ރޫމާއި، ކޮމަންރޫމް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

4. މަލްޓިޕާޕަސް ބިލްޑިންގެ ލައިބްރަރީ ފަދަ ތަންތަނުގައި ކޯސްތައް ހިންގާނަނަމަ ކުލާސްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ކިޔެވުން ކުރިއަށްދާ ރޫމް ތަކުގެ ގޮޑި، މޭޒުތައް ތަރުތީބުކޮށް ފޮޅާސާފުކޮށް މޮޕްލުން.

5. ހަފްތާއަކު 2 ފަހަރު ޖިމް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

6. މަހަކު 1 ފަހަރު ޖިމްގައި ބޭނުންކުރާ މެޝިނަރީސްތައް ފުހެ ސާފުކުރުން.

7. ބޮޑުހޯލް ބޭނުންކުރަންޖެހޭ ކޮންމެ ފަހަރަކު ފޮޅައި ސާފުކުރުން.

8. އެއްވެސް ޙާލަތެއް މެދުވެރިވެގެން ވޭސްޓް މޭނޭޖްމަންޓް ސެންޓަރުން ކުނިއުކަން ނާންނަނަމަ އެތަނުގައި އުފެދޭކުނި ކުނި އުކާލުން.

9. އިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކައުންސިލަށް ރިޕޯޓްކުރުން.

10. އިމާރާތުގެ ލައިޓްތައް ބަދަލުކުރުންފަދަ ކުދިކުދި މަރާމާތުތައްކުރުން.

11.  ތަނުގައި ބޭނުންކުރާ ލައިޓްތައް ދިއްލައި ކަރަންޓް ޚަރަދު ކުޑަކުރުމަށް ބާރުއަޅާ ބޭނުންނުވާ ލައިޓްތައް ނިއްވާ ބެލެހެއްޓުން.

12. މީގެ އިތުރުންވެސް ކައުންސިލުން އަންގާ ތަނާގުޅުންހުރި މަސައްކަތްތައް ކުރުން.

13. އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2024 ނޮވެމްބަރ 13 ން 2024 ނޮވެމްބަރ 20  އާއި ދެމެދު ކުޑަހުވަދޫ ކައުންސިލް އިދާރާގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2024 ނޮވެމްބަރު 12 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

4 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

5 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

6 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް 

މިއިޢުލާނާއި  ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6761002 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

     

      ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

03  ޖުމާދުލްއޫލާ   1446

05   ނޮވެމްބަރ  2024

05 ނޮވެންބަރު 2024
ހޯދާ