ދިވެހިރާއްޖެ
އިޢުލާން
މަލްޓި ޕާރޕަސް ހޯލަށް ކަރަންޓް އެޅުން
މި ސުކޫލުގައި އަލަށް އިމާރާތް ކުރެވުނު މަލްޓިޕާރޕަސް ހޯލަށް، މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަރަންޓް އަޅާދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު GS106/IUL/2024/022)) އާ ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްގެ އަގުބޮޑު ކަމަށް ފެންނާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
ތާރީޙް: 12 ނޮވެމްބަރ 2024 |
ތާރީޙް: 17 ނޮވެމްބަރ 2024 |
ގަޑި: 11:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
ގަޑި: 12:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554/ 7200554އާ ގުޅުއްވުން އެދެމެވެ.
3 ޖުމާދަލްއޫލާ 1446
5 ނޮވެމްބަރ 2024