ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
2025 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މި ސުކޫލްގެ އޮފީހަށް ވަޑައިގެން ބިޑުރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 6 ނޮވެމްބަރ 2024 އިން 12 ނޮވެމްބަރ 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 09:00 އިން 12:30 އަށް ވަނީ ހުޅުވާލެވިފައެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.
މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ނޮވެމްބަރ 13 ވާ ބުދަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2024ނޮވެމްބަރ 14 ވާ ބްރާސްފަތި ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް އޮފީހުގައެވެ.
އީމެއިލް:[email protected]