ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރްއާން މުބާރާތް – 1446 ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1446' ގެ ނަމުގައި މިކައުންސިލުން ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިދާރާއިން ހިއްސާކޮށްފައިވާ މުބާރާތުގެ ޤަވާޢިދާއި، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މިމުބާރާތް ހިންގާނެ ގޮތުގެ ކޯޓޭޝަން، 19 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ މެއިލް [email protected]  އަށް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ހޮޓްލައިން ނަމްބަރ 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

05 ނޮވެންބަރު 2024
ހޯދާ