މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކުރުން

މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް

 ހުރާ،               

ދިވެހިރާއްޖެ                                                                         ނަންބަރު: H5C-A/2024/12

އިޢުލާން

 

      މިކޯޓުގެ ނަންބަރު: H5C-A/2024/11 (31 އޮކްޓޯބަރު 2024) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 މިކޯޓުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1-     ކޯޓުގެ ނެޓްވޯކް ސްވިޗްތައް ލުމަށްޓަކައި ފާރުގައި ބޮކްސްއެއް ހަރުކުރުން ނުވަތަ ބޮކްސް އެއް ބެހެއްޓުން .

2-     ކޯޓު ޢިމާރާތުގެ ފާރުތަކުގައި ލާފައިވާ ރެނދުތައް ބެއްދުން.

3-     ފެންވަޅަށް ވެލިއެޅޭ މައްސަލަ ހައްލުކުރުން.

4-     ދިޔަދޮވިން ހަލާކުވެފައިވާ ބައި ހެދުން

5-     ފެން މޯޓަރުޗެކް ކުރުމާއި ފެން މޯޓަރުން އިސްކޫރުތަކަށް ފެންއަންނަގޮތް ހެދުން

6-     އެއް ކުޑަދޮރުގެ ތިރީ ދޮރުކަނި ރަނގަޅުކުރުން

 

       ވީމާ މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެމްބަރު 2024 ވާ ހޯމަ ދުވަހު މިކޯޓަށް ނުވަތަ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރު 2024 ވާ ބުރަސްފަރި ދުވަހުގެ 13:30 ގައި އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    03 ޖުމާދަލްއޫލާ 1446

                    05 ނޮވެމްބަރު 2024

05 ނޮވެންބަރު 2024
ހޯދާ