ދިވެހިރާއްޖެ
ނަމްބަރު: GS147-C/2024/32
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ސުކޫލްގެ ލައިބްރަރީއަށް ބައެއް އިތުރުކުރަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ
އަންދާސީ ހިސާބުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހު 11:00 ކުރިން ސުކޫލްގެ އިދާރާއަށް ޙާޒިރުވެ ނުވަތު 6640577 ގުޅުއްވާގެން ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ބައްދަލުވުން އޮއްނާނީ 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:30ގައި ގާފަރު ސުކޫލްގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި ސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުމަށް އެދެމެވެ.